English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 އަށް ޝައްކު ކުރެވޭތީ އޮބްލޫ-ސަނެގެލި ރިސޯޓުން 2 މީހަކު ވައިރަހަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އެ ރިސޯޓުގައި ވައިރަހަށް ޝައްކު ކުރެވިފައި ވަނީ 2 ބިދޭސީ އެއް ކަމަށާއި އެމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި އެމީހުންގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގްއަށް ލެވިފައިވާ ކަމަށް އެ އޭޖެންސީ އިން ބުނެއެވެ.

ނުރައްކާތެރި ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާއިރު ސަރުކާރުން ވަނީ މިއަދުން ދެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 8 މީހަކަށް ކޮވިޑް-19 ވައިރަސް ޖެހިފައިވާއިރު ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ރީނދޫ އެލާޓް ނެރެފައެވެ. އަދި ވައިރަސް ފެނުނު ރަށްރަށަށް އޮރެންޖު އެލާޓް ވަނީ ނެރެފައެވެ.