English Edition
Dhivehi Edition
އެމްއެންޑީއެފްގެ "ކޮމާންޑަރސް ކޮންފަރެންސް 2020" އިފްތިތާޙްކުރުމުގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު މިއަދު ޤައުމާއި މުޚާތަބު ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދު މެންދުރު 14:00 ގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރައްވާ ގޮތަށް ހަމަޖެހިފައިވާއިރު މިއީ ރާއްޖެއިން ނުރައްކާތެރި ކޮވިޑް-19 ބަލި ފެނުނު ފަހުން އެމަނިކުފާނު ޤައުމާއި މުޚާތަބު ކުރައްވާ ފުރަތަމަ ފަހަރެވެ.

މިއަދު ރައީސް ޞާލިޙު ޤައުމާއި މުޚާތަބު ކުރައްވާ ގޮތަށް ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ ފާހަކަފުޅުގައި ރާއްޖޭގެ މިހާރުގެ ހާލަތާއި މި ނުރައްކާތެރި ވައިރަހުގެ ސަބަބުން ރާއްޖޭހެ އިޤްތިސޯދަށް އަންނާނެ ބަދަލުތަކާއި އެބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވާނެ ކަންތައްތައް ރައްޔިތުންނާއި ހިއްސާކުރައްވާނެ ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ފެނިފައިވާއިރު އެތައް ހާސް ބަޔަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. ރާއްޖެއިން މި ބަލި ފެނިފައިވާއިރު މި ބަލި ޖެހިފައިވާ 8 މީހުން ރާއްޖޭގައި ކަރަންޓީން ކޮށްފައި އެބަ ތިއްބެވެ. މި އެންމެންނަކީވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ބިދޭސީންނެވެ.