English Edition
Dhivehi Edition
މާލޭ ނޯތު ހާބަރުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އަސަދްސް ފޮޓޯގްރަފީ އެންޑް ޕާސަނަލް ބްލޮގް

ގިނަ މީހުން އެއްވެ އުޅުންތައް ނުބޭއްވުމަށް މާލެ ސިޓީ ކައުންސިލުން އެދެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް އެދިފައި މިވަނީ މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ވައިރަހާއި ގުޅިގެން ނެވެ. އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހަލުއި ކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރޭ ނޮވެލް ކޮރޯނާ ވައިރަހާއި ގުޅިގެން، މަގުމަތީގައި ބާއްވާ ހަރަކާތްތަކާއި މާލެ ސިޓީގެ ޕާކުތަކުގަޔާއި އެ ނޫން ވެސް މީހުން އެއްވެ އުޅޭ ހަރަކާތްތައް މާލޭ ސިޓީގައި މިދުވަސްވަރު ބޭއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މީހުން އެއްވެ އުޅޭ މިފަދަ އެއްވުންތައް ވަކި ތާރީހެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައި މި އަހަރުގެ ރޯދަމަހާއި ދިމާކޮށްވެސް މާލޭގައި ނައިޓްމާކެޓް ތައް ބޭއްވުމަށް މީހުން ތައްޔާރުވެފައިވާއިރު މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އަށް ރައްކާތެރިވުމަށް ވުމަށް ސަރުކާރާއި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އެހުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.

ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 8 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.