English Edition
Dhivehi Edition

މިދިޔަ އަހަރު ޑިސެމްބަރުމަހު ޗައިނާގެ ވުހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް(ކޮވިޑް-19) ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރި އެތައް ބަޔަކަށް މި ވައިރަސްޖެހިފައިވާއިރު ދުނިޔޭގެ ސިއްހަތު ޖަމްމިއްޔާ ޑަބްލިއުއެޗްއޯ އިން މި ވަނީ މި ވައިރެސްއަކީ “ޕެންޑެމިކް” އެއް ކަން އިއުލާންކޮށްފައެވެ.

މި ވައިރެސް ފެތުރެން ފެށުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅަންފަށާފައިވާއިރު، ގިނަ ގައުމުތަކުންވަނީ ބޮޑެތި ހަފްލާތަކާއި އެއްވުންތައް ބޭއްވުން މުއަދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. މި ގޮތުން ‘ޕެރިސް ފެޝަން ވީކް’ގެ ގިނަ ހަރަކާތްތަކެއް ކެންސަލްކޮށްފައިވާއިރު މިހާރު ގިނަ ބަޔަކު ތިބީ އެނުއަލް ކާންސް ފިލްމު ފެސްޓިވަލް އަށް ވާނުވާއެއް ނޭގި އެ ފެސްޓިވަލް އާއި މެދު ގޮތެއް ނިންމާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ކޮންމެ އަހަރަކުވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެންމެ އިންތިޒާރުކުރާ އެއް ފެސްޓިވަލް މި އަހަރު ބޭއްވިދާނެކަމާއި މެދު ސުވާލުތައް އުފެދުފައިވާއިރު މި ފެސްޓިވަލްގައި ފިލްމުތައް ޕްރިމިއާކުރަން ބޭނުންވާ ޕްރޮޑިއުސަރުންވެސް ތިބީ މިހާރު ފެސްޓިވަލް އިންތިޒާމުކުރާ ފަރާތްތަކުގެ ނިންމުމެއްގެ އިންތިޒާރުގައެވެ.

މިއަހަރުގެ 12 މެއި އިން ފެށިގެން 23 މެއި އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލް ކެންސަލްކޮށް، ފަސްކުރާނެކަމުގެ އެއްވެސް އިޝާރާތެއް އަދި މިހާތަނަށް ދީފައިނުވާއިރު މި ފެސްޓިވަލް އާއި މެދު އަދި ފްރާންސް ސަރުކާރުންވެސް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

1 ކޮމެންޓް
Bondu fenvalhuge kudakuhjaa
މާޗް 12, 2020
Gotheh nihmeema bunelachei ingei ??