English Edition
Dhivehi Edition

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓްވެފައިވާ މީހަކު ޓެސްޓް ކުރަން ތައްޔާރުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސޭންޑީޒް ބަތަލާ މޯލްޑިވްސްއިން ބިދޭސީއެއް، ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި އެމީހާއަކީ މި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހަކާއި ކޮންޓެކްޓްވެފައިވާ މީހެއްކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެން ފެށި މި ވައިރަސް ރާއްޖޭގައި އެންމެ ފުރަތަމަ ފެނިފައިވަނީ ޅ. ކުރެއްދޫ ރިސޯޓްއިންނެވެ، ކުރެެއްދޫ ރިސޯޓްގެ ހަތަރު މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެ ރިސޯޓްގެ މަސައްކަތްކުރަމުންދާ ދެ ބިދޭސީ މުވައްޒަފަކާއި އިޓަލީގެ ދެ ފަތުރުވެރިއެކެވެ. މީގެ އިތުރުން ކުރަމަތި ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓްކުރި 2 ބިދޭސީން ޕޮޒިޓިވްވެފައިވާއިރު އއ. ބަތަލާ ރިސޯޓް އިންވެސް މި ވައިރަހަށް ދެ މީހަކުވަނީ ޕޮޒިޓިވްވެފައެވެ.