English Edition
Dhivehi Edition

މިދުވަސްކެޑާއި ދުނިޔެއި ހަލޫކޮއް ފެތުރެމުން އޭ ނިރައްކޯތެރި ބަލި ކޮވިޑް-19 އިން ސަލާމައްވޭއް އެންމެންނަސް މަސައްކައް ކެރާއް ވޭހެއް. ޑަބްލިއު އެޗް އޯ އިނާއި ރާއްދޭއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ން ލަފާދެނީ އެއްވެސް ބާކިން މަޖުބޫރު ނިވޭފެހޭ އަސްފަތާލާއި ބޭސްފަރުވާގެ ޚިޒުމައްދޭ އެއްވެސް ތާނކައް ނިއޭއް.އެވެރިން އެ ތަންތާން ނިއޭއް ލަފާދެރަ އިލްތިމާސް ކެރަނީ ވަރައްނެތި ހިނގާ އެންމެންނަސް ފަރުވާ ހޯދާއް އޭޱެއި އަސްފަތާލާއި ބޭސްފަރުވާގެ ޚިޒުމައްދޭ ތަންތާން ކަމައްވެފެއި އޭނަތާނކި ކޮވިޑް-19 ޖެހިފެއި ހިށި މީހަކަސް ގޮސް ހިށެފޭހެއް. ވައިރަހަކީ ލޮލައް ފެނޭ އެއްތައް ނުން. އެހެންވީމެއި އެމީހަކާ ކިނބިސް އެޑިފެއި ކެއްސަފެއި ކޮވިޑް-19 ވައިރަސް ހަށިގަނޑުން ބޭރަވެފެއި ތާނކި މެޑިފެއިއަސް ހިށެފޭހެއް. އެހެން ހިށެއި އެ ވައިރަސް އެތަނައް އޭ މީހުން އަތިއެއި ގައި ތަންތަނި މެޑި އެހެން މީހުންނަށަސް ބަލި ޖެހުން ކަވަރި ހެދީ. އެހެންވީމެއި ތިމާއި އެހެންމީހުންގެ ސަލާމަތާއި ރައްކަލައްޓަކައި އެފަދަ އެއްވިޔަސް ތާނކައް ނިއޭހެއެތިއެއު!