English Edition
Dhivehi Edition

ކުރަމަތި ރިސޯޓުން ދެ މީހަކު ޕޮޒިޓިވް ވެ، ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ  ކުރަމަތި ރިސޯޓުން ސާމްޕަލް ނެގި ބިދޭސީ ދެ މީހުން ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެ މީހުންނާ ކޮންޓެކްޓު ވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާތީ އެރަށަށް އަރާ ފޭބުން މަނާކޮށްފައިވާކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ.

 

https://twitter.com/HPA_MV/status/1237632805179248641

 

ކޮވިޑް 19ގެ އަލާމާތްތައް ހުރި މީހަކު ފެނުމުގެ ސަބަބުން އިއްޔެއިން ފެށިގެން އެ ރިސޯޓު އޮތީ ވަގުތީ ގޮތުން އަރައި ފޭބުން މަނާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް 19 އެންމެ ފުރަތަމަ ފެނުނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު އއ. ސޭންޑީސް ބަތަލާއިން ދެ ފަތުރުވެރިޔަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް 19އާ ގުޅިގެން ކުރަމަތި ރިސޯޓުގެ އިތުރުން ސޭންޑީސް ބަތަލާ އާއި ކުރެއްދޫވެސް އޮތީ ވަގުތީ ގޮތުން މީހުން އަރައި ފޭބުން މަނާކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ މިހާރުގެ ޙާލަތާއި ބެހޭ ގޮތުން ސަރުކާރުން ބާއްވާ ނޫސްވެރިންގެ ކޮންފަރެންސެއް މިއަދު 2.30 ގައި ދަރުބާރުގޭގައި އޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ އިޢުލާން ކޮށްފައެވެ.