English Edition
Dhivehi Edition

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އެއްދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިއްޔެއެވެ.

އިޓަލީގައި އިއްޔެ އެކަނިވެސް 168 މީހުން ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ. އިއްޔެ އެ ޤައުމުގައި ކަރަންޓީން ކުރުމުގެ ނިޒާމުތައް ވަރުގަދަކޮށްފައިވާއިރު މިހާތަނަށް އިޓަލީއިން 10،000 ހަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި އީޔޫގެ ލީޑަރުން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ. އީޔޫގެ 27 ލީޑަރުން ބޭއްވި މި ކޮންފަރެންސް ބާއްވާފައި ވަނީ އީޔޫއިން ވައިރަހަށް ޑީލްކުރާ ލެއް މާ ލަސްކަމަށް ބުނެ އަޑުފެތުރިފައި ވަނިކޮށެވެ.

ޗައިނާގެ ވުހާންދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އެއްދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިއްޔެއެވެ.

އިޓަލީގައި އިއްޔެ އެކަނިވެސް 168 މީހުން ކޮވިޑް-19 ޖެހިގެން ވަނީ މަރުވެފައެވެ. އިއްޔެ އެ ޤައުމުގައި ކަރަންޓީން ކުރުމުގެ ނިޒާމުތައް ވަރުގަދަކޮށްފައިވާއިރު މިހާތަނަށް އިޓަލީއިން 10،000 ހަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި އީޔޫގެ ލީޑަރުން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ. އީޔޫގެ 27 ލީޑަރުން ބޭއްވި މި ކޮންފަރެންސް ބާއްވާފައި ވަނީ އީޔޫއިން ވައިރަހަށް ޑީލްކުރާ ލެއް މާ ލަސްކަމަށް ބުނެ އަޑުފެތުރިފައި ވަނިކޮށެވެ.

ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު މި ވައިރަސް ދުނިޔޭގެ 90 އަށް ވުރެ ގިނަ ޤައުމުން ފެނިފައިވާއިރު މި ވައިރަސް ޖެހިގެން އެތައް ހާސް ބަޔަކު މިހާރު ވަނީ މަރުވެފައެވެ.

ޗައިނާގެ ރައީސް ޒީ ޖިންޕިން ވަނީ އެޤައުމުން ފުރަތަމަ ވައިރަސް ފެނުނު ވުހާން އަށް އިއްޔެ ޒިޔާރަތް ކޮށްފައެވެ. ގިނަ ބަޔަކު ބުނަމުން ގެންދިޔައީ މިއީ ސިޔާސީ ދެއްކުމަކަށް ރައީސް ކުރެއްވި ކަމެއް ކަމަށެވެ. މި ސިޓީގައި ވައިރަސް ފެތުރޭ މިންވަރު މިހާރު ވަނީ މަދުވެފައެވެ. ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު މި ވައިރަސް ދުނިޔޭގެ 90 އަށް ވުރެ ގިނަ ޤައުމުން ފެނިފައިވާއިރު މި ވައިރަސް ޖެހިގެން އެތައް ހާސް ބަޔަކު މިހާރު ވަނީ މަރުވެފައެވެ.

ޗައިނާގެ ރައީސް ޒީ ޖިންޕިން ވަނީ އެޤައުމުން ފުރަތަމަ ވައިރަސް ފެނުނު ވުހާން އަށް އިއްޔެ ޒިޔާރަތް ކޮށްފައެވެ. ގިނަ ބަޔަކު ބުނަމުން ގެންދިޔައީ މިއީ ސިޔާސީ ދެއްކުމަކަށް ރައީސް ކުރެއްވި ކަމެއް ކަމަށެވެ. މި ސިޓީގައި ވައިރަސް ފެތުރޭ މިންވަރު މިހާރު ވަނީ މަދުވެފައެވެ.