English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓް - ފޮޓޯ: ފޯސްކޮއަރ

އައްޑޫ ސިޓީގައި ބިނާކުރާ އައްޑޫ ކޯޓު ކޮމްޕްލެކްސް ޢިމާރާތް ޑިޒައިންކޮށް، ކުރެހުންތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ބީ.އޯ.ކިއު ތައްޔާރުކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމު އެ ޑިޕާޓްމަންޓްގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަން މާރިޗް 16 ވާ ހޯމަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އޮންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މާރިޗް 18 ވަނަ ދުވަހުގެ 11:00 އަށް އެ ޑިޕާޓްމަންޓަށް އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ އެވެ.

އައްޑޫ ސިޓީ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތަކީ ދިވެހި ސަރުކާރުން 6،000،000ރ. (ހަ މިލިއަން ދިވެހި ރުފިޔާ)ގެ ބަޖެޓެއް ކަނޑައަޅާފައިވާ މަޝްރޫޢެކެވެ.