English Edition
Dhivehi Edition
ދަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ފޮޓޯ ވަން އޮންލައިން

ޗައިނާއިން ފުރައިގެން އެނބުރި ރާއްޖެ އައި 2 ދިވެހިން ކަރަންޓީން ކުރުމަށްފަހު ދޫކޮށްލާފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިހާރު އަމަލުކުރަމުންދާ އުޞޫލުތަކުގެ ދަށުން 14 ދުވަހަށް ކަރަންޓީން ކުރުމަށްފަހު 2 ދިވެހީންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން 6 މީހަކު ކަރަންޓީން ކޮށްފައިވާއިރު މި އެންމެންނަކީވެސް ބޭރު މީހުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން 114,571 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 4,027 މީހުން ވަނީ މި ވައިރަހުގައި މަރުވެފައެވެ. އަދި 64,273 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

ވައިރަސް އެންމެ ބޮޑަށް ފެތުރުނު ޗައިނާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 80,735 ކަށް އަރައިފައެވެ. އެޤައުމުން 3,120 މީހުން ބަލި ޖެހިގެން މަރުވެފައިވާއިރު 58,735 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ.

ވައިރަސް މިހާރު އެންމެ ބޮޑަށް ފެތުރެނީ އިޓަލީގައެވެ. 60 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިޓަލީން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އެ ޤައުމު އެއްކޮށް ކަރަންޓީންކޮށް އެވެ. އިޓަލީގައި 9،000 ހަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 463 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.