English Edition
Dhivehi Edition
އދ. ދަނގެތީގައި ޤާއިމްކޮށްފައިވާ އެސްޓީއޯ ފާމަސީ - ފޮޓޯ: ފޯސްކޮއަރ

އދ. ދަނގެތީގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯނައިޒޭޝަން (އެސްޓީއޯ)ގެ ބޭސްފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ދަނގެތީގައި ހުންނަ އެސްޓީއޯ ބޭސްފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 07:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން، އެ ފިހާރައިން 15،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ވައްކަން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން ގޭގެއިންނާއި ފިހާރަތަކާއި އޮފީސްތައްވެސް ފަޅާލައި ވަދެގެން ވައްކަން ކުރާ މައްސަލަތަކަކީ ވަރަށް ގިނައިން ރިޕޯޓްކުރެވޭ މައްސަލަތެކެވެ. ބައެއް މައްސަލަތަކުގައި ގެއްލުނު ފައިސާ އަނބުރާ ހޯދައި، ވައްކަން ކުރި މީހާ ހައްޔަރުކުރި ނަމަވެސް، ބައެއް ފަހަރު އެފަދަ މައްސަލަތަކުގައި ގެއްލޭ މުދަލާއި ފައިސާ ނުހޯދިވެސް ދެއެވެ.

1 ކޮމެންޓް
Kada ehnu
މާޗް 10, 2020
Dhen kehenakah senetizer ethere keraanei thekan kohgen ?