English Edition
Dhivehi Edition
Military are seen on Duomo square after the Italian government imposed a virtual lockdown on the north of the country, in Milan, Italy March 8, 2020. REUTERS/Flavio Lo Scalzo - RC2LFF9MP93U

އިޓަލީ ވިލާތުގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެ ޤައުމު ލޮކްޑައުން ކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އިޓަލީގެ އުތުރުގެ ބޮޑު ސަރަހައްދެއް ލޮކްޑައުންއަށް ގެނެސްފައިވާއިރު ހޯމަ ދުވަހު ވަނީ މުޅިގައުމަށް ވަނީ ރެޑް އެލާޓް ނެރެ ގައުމު އެއްކޮށް ލޮކްޑައުން ކޮށްފައެވެ.

އެކަން ހާމަ ކޮށްފައި ވަނީ އެޤައުމުގެ ބޮޑުވަޒީރު ގުޒެއްޕެ ކޮންޓޭއެވެ. އިޓަލީގައި ޢާންމު އެއްވުންތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފައެވެ. އަންގާރަ ދުވަހުން ފެށިގެން ދަތުރު ކުރުމަށް ހުއްދަދެނީ ވަޒީފާއަށާއި، ޢާއިލީ ކަމެއް މެދުވެރިވެގެން އެކަންޏެވެ. މިގޮތަށް ނިންމާފައި މިވަނީ މުޖްތަމަޢުގައި ނާޒުކުޙާލަތްތަކުގައި ދިރިއުޅޭ މީހުން މި ވައިރަސްއިން ރައްކާތެރިކުރުމުގެ ބޭނުމުގައެވެ.

ކޮވިޑް-19 ވައިރަސްގެ ނުރައްކާ އެންމެ ބޮޑަށް ފެނިގެންދާ އެއް ގައުމަކީ އިޓަލީއެވެ. އެ ވައިރަސް އުފެދިފައިވާ ޗައިނާއާ ޖެހިގެން އެ ކޮވިޑް-19ގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީއިންނެވެ. އެގޮތުން އިޓަލީއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 463 އަށްއަރައެވެ. އަދި ވައިރަހަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 9172 ވަނީ އަރާފައެވެ. މީގެ ތެރެއިން 733 މީހުންނަށް އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު ބަލި ޖެހުނު 724 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 112 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 114،461 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 64,081 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 4،062 އެވެ.