COVID-19: Bali jehifai huri meehakaa contact vi 8 bidheyseen karanteenu kuranee - AO News COVID-19: Bali jehifai huri meehakaa contact vi 8 bidheyseen karanteenu kuranee

ކޮވިޑް 19 ކަވަރޭޖް

  • ކޮވިޑް-19 އާއި ގުޅޭގޮތުން ރައީސް، ލަންކާގެ ބޮޑުވަޒީރާއި މަޝްވަރާކުރައްވައިފި
  • ލަންކާ އާއި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިންނަށް ޚާއްސަ ފްލައިޓެއް މޯލްޑިވިއަން އިން ބާއްވަނީ
1,118,245 CONFIRMED
229,217 RECOVERED
829,808 ACTIVE
59,220 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-04 10:50
ރާއްޖެއިން ކޯވިޑް-19 ތައްޔާރުވުމަށްޓަކައި ބޭއްވި އިމެޖްންސީ ޑްރިލްއެއްގެ ތެރެއިން- ފޮޓޯ މިހާރު
ބަލި ޖެހިފައި ހުރި މީހަކާ ކޮންޓެކްޓުވި އަށް ބިދޭސީން ކަރަންޓީނުކުރަނީ
4 ހަފްތާ ކުރިން

ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓު”ވި އަށް ބިދޭސީއަކު ކަރަންޓީނު ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ.

Advt

Advertisement

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ކޮއްފައިވާ ޓްވީޓްގައި ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކާ “ކޮންޓެކްޓް” ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 8 ބިދޭސީން ކަރަންޓީން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮންރަށަކުން ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މިހާތަނަށް ރާއްޖެއިން ހަ މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުން ވައިރަހަށް ޕޮޒިޓިވްވި ހަތަރު ބިދޭސީންނާއި ސޭންޑީޒް ބަތަލާއިން ޕޮޒިޓިވް ވި އިޓަލީގެ ދެ ޓޫރިސްޓުންނެވެ.

މި ވައިރަސްއަށް ޕޮޒިޓިވްވީ އެންމެންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިންވެސް އަދި ދުނިޔޭގެ އެހެން ގައުމަކުންވެސް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. ޕޮޒިޓިވްވީ އެންމެންގެ ހާލު ރަނގަޅުކަމަށް ސަރުކާރުން ވަނީ މައުލޫމާތު ދީފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ދިތަ ތަނުން ޕޮޒިޓިވްވި އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓުވި 175 ފަރާތެއް ވަނީ ފާހަގަ ކުރެވިފަ އެވެ. މިކަމާ ގުޅިގެން ކުރެއްދޫ ރިސޯޓުގެ ރޫމް އައިސޮލޭޝަންގައި 65 މީހަކު އަދި އެ ރަށުން ބޭރުން ހޯމް އައިސޮލޭޝަންގައި 25 މީހަކު ތިބި އިރު  އޭގެ ތެރެއިން، ށ. ފޯކައިދޫގައި ހުރި މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ، އޭނާ މިހާރު ވަނީ ފަރުކޮޅުފުށީ ކަރަންޓީނު ސެންޓަރަށް ބަދަލުކޮށްފަ އެވެ.

ޓޫރިސްޓް މީހާ މާލޭ އައިސް ހުރި މާގިރި ހޮޓަލްގެ 15 މުވައްޒަފަކު ސެލްފް އައިސޮލޭޝަންއަށް ދިޔުމަށް ވަނީ އަންގައިފަ އެވެ. އަދި އެމިރޭޓްސްގެ ޓިކެޓިން އޮފީހުން އޭނާއާ މުއާމަލާތް ކުރި، ދިވެހި އަންހެން މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނުމުން އޭނާ ވެސް ވަނީ މިއަދު ކަރަންޓީނުކޮށްފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖެ ޔެލޯ އެލަރޓްގައި އޮތްއިރު، މި ބައްޔަށް ޕޮޒިޓިވްވީ ފަރާތްތައް ތިބި ދެ ރިސޯޓު ވަނީ އޮރެންޖް އެލަރޓުގައެވެ.

މިހާތަނަށް ކޮރޯނާ ވައިރަސް 112 ގައުމަކުން ފެނިފައިވާ އިރު، އެ ބައްޔަށް 111,954 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. ބަލި ރަނގަޅުވި މީހުންގެ އަދަދު 62,730 އަށް އަރާއިރު، މަރުވި މީހުންގެ އަދަދަކީ، 3,893 އެވެ.