English Edition
Dhivehi Edition
ފޮޓޯ: އެމް.އެން.ޔޫ ހިތަދޫކެމްޕަސް ފޭސްބުކް ޕޭޖް

ކޮވިޑް-19 އާއި ގުޅިގެން ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބްލޮކްތައް ކެންސަލް ކޮށްފި އެވެ.

މިއަދު އެމްއެންޔޫގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްއިން ބުނީ އެ ފެކަލްޓީގައި ބްލޮކް މޯޑް ގެ ކިޔެވުން ކެންސަލް ވެފައިވާ ކަމަށެވެ.

ހާލަތަށް ރިޢާޔަތް ކޮށް ކެމްޕަސް ތަކަށް ދަތުރުކުރުމާއި ބްލޮކް ތައް ކެންސަލް ކުރި ވާހަކަ  ހުރިހާ ބޭފުޅުންގެ މައުލޫމާތަށް ޓަކާ ދަންނަވާކަމަށް އެމްއެންޔޫގެ ފްލިސް އިން ބުނެފައިވެއެވެ.

ނުރައްކާތެރި ކޮވިޑް-19 ދިވެހިރާއްޖެ އިން ފެނިފައިވާއިރު މި ވައިރަސް ޖެހިގެން 2 މީހަކު ކަރަންޓީން ކޮށްފައި އެބަ ތިއްބެވެ.

އެމްއެންޔޫއިން ވަނީ އެ ޔުނިވާސިޓީގެ ދަސްވެނިމުން ވެސް ވައިރަހާއި ގުޅިގެން ފަސްކޮށްފަ އެވެ.

އެމްއެންޔޫގެ ދަސްވެނިމުން ފަސްކޮށްފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން އެ ދަސްވެނިމުމަށް ދަރިވަރުން މާލެއަށް އައި ފަހުން އެންމެ ފަހު ވަގުތުގަ އެވެ. އެ ޔުނިވާސިޓީ އިން ބުނީ ދަސްވެނިމުން ބާއްވާނޭ ތާރީހެއް ފަހުން އަންގާނޭ ކަމަށެވެ.