English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 ވައިރަސް ޖެހިގެން އިއްޔެ އެކަނިވެސް އިޓަލީއިން 133 މީހުން މަރުވެފައިވާކަމަށް އެޤައުމުން ބުނެފި އެވެ.

ޔޫރަޕުގައި އެންމެ ބޮޑަށް ކޮވިޑް-19 ފެތުރޭ ޤައުމަށް އިޓަލީ ވެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެ ޤައުމުން 1,247 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. މިހާރު އިޓަލީގައި ވައިރަސް ޖެހުނު މީހުން އަދަދު 24 އިންސައްތަ އިތުރުވެފައިވާއިރު އާދީއްތަ ދުވަހާއި ހަމައަށް އެ ޤައުމުން 7،375 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ. އެޤައުމުން އިއްޔެގެ ނިޔަލަށް ވައިރަސް ޖެހިގެން 366 މީހުން ވަނީ މަރުވެފައެވެ.

އިޓަލީ ސަރުކާރުން ގެންދަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަޅުތައް އަޅަމުންނެވެ. އެގޮތުން އެ ޤައުމުގެ ލޮމްބާޑީ ސަރަހައްދު ހިމެނޭ ގޮތައް 10 އަށްވުރެ ގިނަ ޕްރޮވިންސުގައި ދިރިއުޅޭ 16 އަށްވުރެ ގިނަ މީހުން ވަނީ ކަރަންޓީން ކޮށްފައެވެ. މި ޕްރޮވިންސުތަކުން އެތެރަވުމާއި ބޭރުވުން މަނާކޮށްފައިވާއިރު މިކަން ކުރުމަށް ވަނީ ވަކި ހާއްސަ ހުއްދައެއް ހޯދާ ގޮތަށް ހަދައިފަ އެވެ.

ޗައިނާގެ ވުހާން ހިމެނޭ ހުބޭއި ޕްރޮވިންސުން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ދުނިޔޭގެ 90 އަށްވުރެ ގިނަ ޤައުމަށް ފެތުރިފައިވާއިރު އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އެވެ.