Miadhun feshigen konme namaadheh gai Qunut Nazilah kiyavaa gothah hamajassaifi  - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން
އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަދުން ފެށިގެން ކޮންމެ ނަމާދެއްގައި ޤުނޫތު ނާޒިލާ ކިޔަވާގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮރޯނާވައިރަސްފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ މިއަދުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޤުނޫތު ނާޒިލާ އަކީ އެކިއެކި މުސީބާތްތަކުންނާއި ނުރައްކާތެރި ބަލިތައްފަދަ ކަންކަމުން މިންޖުކުރެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދަންނަވާ ދުޢާއެކެވެ.

ކޮންމެ ނަމާދެއްގެ ފަހުގައި ޤުނޫތު ކިޔުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައިވާއިރު، ޗައިނާގެ ވުހާން އިން އުފެދުނު ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ބަލި ކަމަށްވާ ކޮވިޑް-19 އަށް ރާއްޖެއިންވެސް ދެ މީހަކު ވަނީ އެބައްޔަށް މިހާރު ޕޮޒިޓިވްވެފަ އެވެ.

އެ ދެމީހުންނަކީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފުން ކަމަށްވާއިރު، އެ ދެ މީހުންނަކީވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންނާއި ގުޅޭ އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެމީހުން ތިބީ މިހާރު ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

މުޅި ދުނިޔޭގައި މިހާރު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 107،732 އަށް އަރާފައިވާއިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،661 އަށް އަރައިފަ އެވެ. މި ނުރައްކާތެރި ބަލި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައ ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.