Covid-19: BML ge ATM thakugai Hand Sanitizers bahahtaifi - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކުގައި ހޭންޑް ސެނެޓައިޒާ ބަހައްޓައިފިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 2 މީހުން ފެނިފައިވާއިރު މިހާރު މުޅި ރާއްޖެއަށް ވަނީ ރީނދޫ އެލާޓު ނެރެފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި ދެމީހުން އުޅުނު ރިސޯޓުގެ އެލާޓް ލެވެލް ވަނީ އޮރެންޖު އެލާޓަށް މަތިކޮށްފައެވެ. ވައިރަހާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ 4 ލެވެލް އެއްގެ އެލާޓެއް ކަނޑައަޅާފައެވެ.

ދުނިޔޭގެ 90 އަށް ވުރެ ގިނަ ޤައުމުން ކޮވިޑް-19 ފެނިފައިވާއިރު މި ބަލިން ރައްކާތެރިވުމަށް ސިއްހީ ތަޖުރިބާކާރުން ދަނީ އިރުޝާދު ދެމުންނެވެ. އެގޮތުން ގިނަގިނައިން އަތް ދޮވުމާއި އާންމުން އެއްވެ އުޅޭ ތަންތަނަށް ބޭނުންޖެހިއްޖެ ހިނދެއްގައި ނޫނީ ނުދިއުމަށް ދަނީ އަންގަމުންނެވެ.

އޭޓީއެމްތަކަކީ ދުވާލެއްގެ މައްޗަށް އެތައް ބަޔަކު އަތްލާ އެއްޗަކަށް ވާއިރު އޭޓީއެމްތައް ކައިރީ ސެނިޓައިޒާ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ދަނޑިވަޅުގައި ރާއްޖޭގެ ފިހާރަތަކުންނާއި ފާމަސީތަކުން ހޭންޑް ސެނިޓައިޒާ އާއި ފޭސްކު މާސްކު ލިބެން އުނދަގޫކަން ފާހަގަ ކޮށްލަމެވެ.