Covid-19: Kamaai behey faraahthakaai raees solih bahdhalukurahvaifi - AO News Covid-19: Kamaai behey faraahthakaai raees solih bahdhalukurahvaifi

ކޮވިޑް 19 ކަވަރޭޖް

  • 6.2 ޓަނުގެ ބޭސް އިންޑިއާއިން ރާއްޖެ ގެނެސްދީފި
  • މަހުގެ ތަފާތު ބާވަތްތަކާއެކު ހިތަދޫ މަސްމާރުކޭޓް ހުޅުވައިފި
940,753 CONFIRMED
196,221 RECOVERED
697,013 ACTIVE
47,519 DEATHS
WORLD
19 CONFIRMED
13 RECOVERED
6 ACTIVE
0 DEATHS
MALDIVES
Last updated on : 2020-04-02 11:06
ކޮވިޑް 19 : ކަމާބެހޭ ފަރާތްތަކާއި ރައީސް ޞާލިޙު ބައްދަލުކުރައްވައިފި
4 ހަފްތާ ކުރިން

ކޯވިޑް-19 ބަލި ފެނިފައިވާ ޤައުމެއްގެ ހާލަތަށް ރާއްޖޭ ހާލަތު ބަދަލުވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

Advt

Advertisement

ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުން އޮތީ ރޭ މުލީއާގޭގައެވެ.

ރާއްޖޭގައި ކޯވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް މަޢުލޫމާތު އޮޅުންފިލުއްވިއެވެ. އަދި، މިހާރު ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ކުރިއަށްވުރެ މަތިކޮށްފައިވާތީ، މިހާރު އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ސާފުކުރައްވައި، ފާރަވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް އިރުޝާދު ދެއްވިއެވެ.

މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް، ރައީސް ޞާލިޙް މިރޭގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ. އަދި، މިފަދަ ކަންކަމާގުޅޭ މަޢުލޫމާތު ވަގުތުން ވަގުތަށް ރައްޔިތުންނާއި ޙިއްޞާ ކުރަމުންދިޔުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.