English Edition
Dhivehi Edition

ސަމާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓު ހެއްދި 7 މީހުން ވެސް އެ ވައިރަހަށް ނެގެޓިވް ކަމަށް ދައްކައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ސަމާ އައިލެންޑު ރިސޯޓުން ވައިރަހަށް ޓެސްޓުކުރި އެންމެން ނެގެޓިވް ވެފައިވާ ކަމަށާއި މިހާރު އެރަށަށް އަރައި ފޭބޭނެ ކަމަށެވެ.

ސަމާ އައިލެންޑު ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފްރާންސްގެ ދެ ޓޫރިސްޓެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި، އޭގެ ފަހުން އެ ރަށުގެ ބައެއް މުވައްޒަފުންގެ ފަރާތުން ވެސް ވައިރަހުގެ އަލާމާތްތައް ފެނުމުން ވަނީ އެމީހުން ވައިރަހަށް ޓެސްޓުކޮށްފަ އެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 2 މީހެކެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބޭރު 2 މުވައްޒަފުންނެވެ. ސަރުކާރުން ބުނީ އެމީހުން މިހާރު ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފައި ކަމަށެވެ. އެއީ ކޮން ޤައުމަކަށް ނިސްބަތްވާ ބައެއް ކަމަށް ސަރުކާރުން ހާމަ ނުކުރެއެވެ.