English Edition
Dhivehi Edition
މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ގެނައި އެމްބިއުލާންސްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އަށް ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް 2 މީހުން ޕޮޒިޓިވް ވުމާއި ގުޅިގެން މުޅި ރާއްޖެއަށް ރީނދޫ އެލާޓު ނެރެފި އެވެ.

މުޅި ރާއްޖެއަށް ރީނދޫ އެލާޓު ނެރެފައިވާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި 2 މީހުން ފެނުނު ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖު އެލާޓު ނެރެފައެވެ.
މިރޭ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ބަލި ރާއްޖެއިން ފެނުމާއި އެކު ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ރީނދޫ ލެވެލްއަށް މަތިކޮށްފައިވާ ކަމަށެވެ. އަދި ކުރެއްދޫ ރިސޯޓަށް ޚާއްޞަކޮށްގެން ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް އޮރެންޖަށް މަތިކޮށްފައިވާ ކަމަށެވެ. މިއީ މި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ވަނީ މުޅި ދުނިޔެއަށް ރީނދޫ އެލާޓް ނެރެފައެވެ. މިއީ ޑަބްލިއު.އެޗް.އޯ ގެ ގައިޑްލައިނުގައި ކަނޑައަޅާފައިވާ 4 އެލާޓް ލެވެލްގެ ތެރެއިން 2 ވަނަ އެލާޓް ލެވެލް އެވެ.

ވައިރަހާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލިގެންދާނޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަ އިރު އެސްޓީއޯ އިން ބުނަނީ ކާޑުގެ ބާވަތްތައް އަގުބޮޑުނުކޮށް އެއް އަގެއްގައި ހިފެހެއްޓޭނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މިދުވަސްކޮޅު ގެއަށް ކާޑުގެ ބާވަތް ވައްދާ ސްޓޮކް ކުރަމުން ގެންދާތީ އެސްޓީއޯއިން ބުނީ އެސްޓީއޯގައި ވާވަރަށް ކާޑުގެ ބާވަށް އެބަހުރި ކަމަށެވެ.