English Edition
Dhivehi Edition

ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ބޭރު 2 މީހުން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

ދަރުބާރުގޭގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ކުރެއްދޫ އަށް ޒިޔާރަތްކުރި ފަތުވެރިއަކު އިޓަލީއަށް ދިއުމަށްފަހު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމާ ހިސާބުން ފެށިގެން އެރަށުން އެކި ފަރާތްތައް ޓެސްޓު ކުރެވިފައިވާ ކަމަށާއި އެ ފަރާތްތަކުގެ ޓެސްޓުގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެގޮތުން ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ދެ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު މި މައުލޫމާތު ހާމަކުރަން އޮންނަ މިންގަޑުން އެއީ ކޮން ޤައުމެއްގެ ދެ މީހުންކަމަށް ވިދާޅުވެވެން ނެތް ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަދު ރާއްޖޭގައި ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފައިވާއިރު މީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނޭ ކަމަށެވެ.