English Edition
Dhivehi Edition

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ބްރޫނާއީ ދާރުއްސަލާމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ސުލްތާން ހަސަނުލް ބޮލްކިއާ މުޢިއްޒުއްދީން ވައްދައުލާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މި ދަތުރުފުޅުގައި ބްރޫނާއީގެ ފޮރިން މިނިސްޓަރ ދާތޯ ސެރީ ސެތިއާ ހާޖީ އެރީވަން ބިން ޕެހިން ދާތޫ ޕެކަރިމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި ހެލްތު މިނިސްޓަރ ދާތޯ ސެރީ ސެތިއާ ޑރ ހާޖީ މުހައްމަދު އިޝާމް ބިން ހާޖީ ޖަފާރްގެ އިތުރުން އެޤައުމުގެ އެޑިއުކޭޝަން މިނިސްޓަރ ޔަންގް ބަރްހޯމާތު ދާތޯ ސެރޯ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާން އާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ބުރޫނާއީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ދިވެހިރާއްޖެއާއި ބުރޫނާއީ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމް ކުރެވުނީ 31 މާޗް 1984 ގައެވެ.