English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

މިމަޤާމަށް އައްޔަނު ކުރެއްވެވީ ގއ. ކޮލަމާފުށި، އޯކިޑްވިލާ، ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް އެވެ. ކުރީން ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމް ހުންނެވީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުގައެވެ.

ޢަބްދުއްޝުކޫރު ޢަބްދުލްޙަކީމަކީ ސްރީލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޢަބުދުއްޝުކޫރު ޢަބްދުލްޙަކީމަކީ  ތަޢުލީމީ ދާއިރާގައި 26 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.