English Edition
Dhivehi Edition

ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ މެންގޯގެ އާ ފިހާރައެއް މާލޭގައި ހުޅުވަން ނިންމައިފި އެވެ.

މާލޭގައި ހުޅުވާ މެންގޯގެ އާ ފިހާރަ ހުޅުވަން ނިންމާފައި ވަނީ މާދަމާއެވެ. މާލޭގެ އެންމެ ފިހާރަތައް ގިނަ އެއް މަގު، މަޖީދީ މަގުގައި ހުޅުވާ މި ފިހާރަ ހުޅުވާނީ މާދަމާ ރޭ 20:00 ގައެވެ. މާދަމާ ރާއްޖޭގައި މެންގޯގެ ފުރަތަމަ ފިހާރަ ހުޅުވިގެންދާއިރު މެންގޯގެ ފިހާރަތަށް ދުނިޔޭގެ 27 ޤައުމެއްގައި އެބަ ހުއްޓެވެ.

މާދަމާ މާލޭގައި ހުޅުވިގެން ދާ ފިހާރައިގެ ސަބަބުން އަންހެނުންނަށް ރީތި ހެދުންތަކެއް އެއްތަނަކުން ފަސޭހައިން ލިބޭނެ ގޮތް ފަހިވެގެންދާނެ އެވެ. 285 މީޓާރ ސްކުއާރ ހުންނަ މި ފިހާރައަކީ މެންގޯގެ އިންޓީރިޔާ ޑިޒައިން ކޮންސެޕްޓް އާއި އެއްގޮތަށް ކަސްޓަމަރުންނަށް ފަސޭހަވެގެންދާނޭ ގޮތަށް ޑިޒައިން ކުރެވިގެން ހެދިފައިވާ ފިހާރައެކެވެ. މި ފިހާރަ ހެދުމަށް މާބުލް، ކޮންކްރީޓް، ވަކަރުގެ އިތުރުން ނެޗުރަލް ސްޓޯންވެސް ބޭނުންކޮށްފައިވެއެވެ.

ރާއްޖޭގައި މެންގޯގެ އާ ފިހާރައެއް މާދަމާ ހުޅުވިގެންދާއިރު އޭޝިޔާގައި މެންގޯގެ ފިހާރަތައް ހުރި ޤައުމުތަކަށް ބަލާއިރު އިންޑިޔާ، ސިންގަޕޫރް، ހޮންގް ކޮންގް، ވިއެޓްނާމް، އިންޑޮނޭޝިޔާ އަދި ފިލިޕީންސް ހިމެނެއެވެ.

ޓެގު