English Edition
Dhivehi Edition

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަސް އާއި ގުޅިގެން ވަގުތީގޮތުން އުމްރާގެ އަޅުކަން އަދާކުރުން ސައުދީ ސަރުކާރުން ހުއްޓާލައިފި އެވެ.

މިއަދު ސައުދީ އަރަބިއްޔާގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށް ވެސް މިދުވަސްވަރު އުމްރާގެ އަޅުކަން އަދާ ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރުން މިދުވަސްވަރު މައްކާގެ ހަރަމްފުޅަށާއި މަދީނާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސައުދީން ވަނީ ރަސޫލާގެ މިސްކިތް ފުޅަށްވެސް ވަނުން ވަގުތީގޮތުން މަނާކޮށްފައެވެ. އެ ޤައުމުން މިނިންމުން ނިންމާފައި ވަނީ މިދިޔަ ހަފްތާގައި އެޤައުމަށް އުމްރާއަށް ދާ ފަރާތްތަކަށް ވިސާ ދިނުން މެދުކެނޑުމަށް ފަހުގައެވެ. އަދި ގަލްފުގެ 6 ޤައުމުން މަދީނާ އަށާއި މައްކާއަށް އެތެރަވުން ވެސް ވަނީ މަނާކޮށްފައެވެ.

ހޯމަ ދުވަހު ސައުދީއިން ވަނީ ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ފެނިފައެވެ. އެމީހާ އަކީ އީރާނުން އައި މީހެއް ކަމަށް ސައުދީއިން ބުނެއެވެ.