English Edition
Dhivehi Edition

ފޭސްބުކް މެދުވެރިކޮށް ދުނިޔޭގެ ސިއްހީ ދާއިރާގެ އޮފިޝަލުންނަށް ހިލޭ އެޑްވަޓައިޒް ކުރެވޭގޮތް ހަދައިފި އެވެ.

މީސްމީޑިޔާގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް ފޭސްބުކް މެދުވެރިކޮށް ދުނިޔޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އޮފިޝަލުންނަށް ހިލޭ އެޑްވަޓައިޒް ކުރެވޭ ގޮތް ހަދާފައި މިވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެންނެވެ.

ފޭސްބުކްއިން އަންގާރަ ދުވަހު ބުނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ވޯލްޑް ހެލްތު އޮގަނައިޒޭޝަނާއި ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނާއި ދުނިޔޭގެ އެކި ސަރުކާރު ތަކާއި ބައިވެރިވެގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ސޯޝަލް ނެޓްވޯކް، ފޭސްބުކުން ބުނީ އެކިއެކި ގްރޫޕްތަކާއި ގުޅިގެން ފާއިތުވި މަސްތަކުގައި ވައިރަސް އަށް އެހީތެރިވުމުގެ ގޮތުން ހޭލުންތެރިކަން ކުރުމަށް އެކިއެކި މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ. 2.9 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރެއެވެ.