English Edition
Dhivehi Edition

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އައްޑޫ ސީޓީ ހުޅުމީދޫ ގައި ކުރިއަށް ގެންދިޔަ އެޑްވާންސް ކޭކު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ ހަވީރު ހުޅުދޫ ކަނބަލުންގެ ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ކޭކު ކޯހުގެ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސް ހުޅުމީދޫ ބްރާންޗްގެ މެނޭޖަރ މަރްޔަމް ޝަޒްލީންއެވެ. 12 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ ގެންދިޔަ މި ކޯހުގައި ޖުމްލަ 09 ބައިވެރިން ވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ހަފްލާގައި ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަމުން މި ހަފްލާގެ ޝަރަފްވެރި މެހެމާނާ ޝަޒްލީން ވަނީ މި ކޯހުން ދަސްވި މަސައްކަތުގެ ފައިދާ އެންމެ ރަގަޅު ގޮތުގައި ހިފާ ދަސްވި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ،

އަންހެނުންގެ ކޮމިޓީއިން މިދިޔަ އަހަރު ނޮވެމްބަރުމަހު ހިތަދޫ އަދި ފޭދޫގައިވެސް އެޑްވާންސް ކޭކު ކޯސް ކުރިއަށް ގެންގޮސްފައިވާއިރު މި ކޯސްތަކުގައި ކިޔަވައިދެއްވީ އައްޑޫ ސިޓީގައި ކޭކު އެޅުމުގެ މަސައްކަތްކުރަމުންދާ ޑަޔާ ކޭކު އިންނެވެ.