Addu City council ge acting SG akah Shizleena - AO News
English Edition
Dhivehi Edition

Worldwide

  • 32,101,060confirmed
  • 23,682,042recovered
  • 7,436,998active
  • 982,020deaths

Maldives

  • 9,885confirmed
  • 8,530recovered
  • 1,315active
  • 34deaths

ކޮވިޑް 19 ކަވަރޭޖް

7 މަސް ކުރިން

އައްޑޫސިޓީ ކައުންސިލްގެ އެކްޓިންގ އެސްޖީ އަކަށް ސ. ހިތަދޫ ސަހަރާގެ ޝިޒްލީނާ އަސްލަމް ހަމަޖައްސަވައިފިއެވެ.

މިމަގާމަށް ޝިޒްލީނާ އައްޔަން ކުރައްވަވާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު ސައުދީ މަގާމުން ރިޓަޔަރ ވުމަށް ހުށަހެޅުއްވުމާ ގުޅިގެން އެ މަގާމު ހުސްވެފައިވާތީ ވަގުތީ ގޮތުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ކައުންސިލްގެ މިއަހަރުގެ 5 ވަނަ ރަސްމީ ޖަލްސާގައި ނިންމެވުމާއި ގުޅިގެންނެވެ. މި ނިންމުމާ ގުޅިގެން ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެމަގާމަށް ބޭފުޅަކު އައްޔަން ކުރެވެން ދެން އެކްޓިންގ އެސްޖީގެ މަގާމަށް ޝިޒްލީނާ އައްޔަން ކުރައްވަވާފައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓަރސް ހައްދަވާފައިވާ ޝިޒްލީނާ އަކީ 2012 ވަނަ އަހަރުން ފެށިގެން އައްޑޫސިޓީ ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވަވަމުން ގެންދަވާ މުވައްޒަފެކެވެ