އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރީ ވަލުތެރޭ ގައި އަލިފާން ރޯވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރީ ވަލުތެރޭ ގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދާން އޭރިޔާ، ހިތަދޫ ފަޔާރ ސްޓޭޝަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ހިތަދޫ ފަޔާރ ސްޓޭޝަނަށް ލިބިފައި ވަނީ މިއަދު 12:37 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު 200 ފޫޓަށް ފެތުރިފައި ވަނިކޮށް ފަޔަރ ޓީމުން ކުރެއްވި މަސައްކަތުން މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.