English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގައި، އިސްލާމް ދީނާ ގުޅޭ އެއްވެސް ވާހަކައެއް މިހާރު ނުދެއްކޭ ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމް ދީނާ ހިލާފު ވޯކްޝޮޕްތަކެއް ހިންގި ކަމަށް ބުނާ މައްސަލަ އެއް ކުއްލި މައްސަލައެއްގެ ގޮތުގައި، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތުން އެ މައްސަލަ ބޭރުކޮށްލާފައިވާތީ އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް މަޖިލީހަށާއި މި ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލަ އާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ސައީދު ވިދާޅުވީ އެމްޑީޕީގެ ބާރު އޮތް މަޖިލީހަކުން، ދީނާ ގުޅޭ އެ ފަދަ އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މާދަމާ ނޫނީ އަނެއް ދުވަހުން އެ މައްސަލަ ހުށަހެޅިޔަސް ބޭރުކޮށްލާނެ ކަމަށެވެ. މީގެ އިތުރުން ސައީދު ވަނީ އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި ކަމަށް ބުނާ މައްސަލަ މަޖިލީހުން ދެކެނީ ހަރުކަށި ވިސްނުމުގެ ގޮތުގައިކަމަށާއި އެ މައުޟޫއަށް ވާހަކަ ދައްކަންވެސް މެމްބަރުން ބޭނުންވެ ވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ. “އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބޭއްވި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ ބޭރުކޮށްލިއިރު އެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ކުރިން ވެސް އޮތީ ތައްޔާރުވެފައި” ސައީދު ވިދާޅުވިއެވެ.

އެ މައްސަލައިގައި ހަނު ހުންނަވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފާޑުވިދާޅުވަމުން ސައީދު ވަނީ ރައީސްއަށް ކަމެއްވެގެން އުޅޭހެން ހީވެސް ނުވާކަމަށް ވިދާޅުވެފައެވެ.”ކިތަންމެ ބާރަށް ބަޔަކު އެއްޗެއް ކިޔަސް، އެ މަނިކުފާނު ކަހާތަން ވެސް ހިރުވާ ނުލައްވާ. ބޮޑު މައްސަލައަކަށް ވެގެން އެ ވާހަކަ ބަޔަކު ދެއްކިޔަސް، ނުދެއްކިޔަސް ވާކަމެއް ނެތް.”ސައީދު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުލިއަމް ޖަމިއްޔާއިން އައްޑޫ ސިޓީގެ އިތުރުން ހަނިމާދޫ ގައިވެސް ދީނާ ހިލާފު ވޯކްޝޮޕަތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މި ވޯކްޝޮޕްތައް ބޭއްވުމަށް ހަރަކާތްތެރިވަނީ ހަރިސް ރަފީގް ނަަމަކަށް ކިޔާ އިނގިރޭސިވިލާތު ރައްޔިތެކެވެ. އޭނާއަކީ ކުރިން މުސްލިމެއް ނަމަވެސް މިހާރު އިސްލާމްދީން ދޫކޮށް، އޭނާ އަންނަނީ ދީނުގައި ހަރާންކުރައްވާފައިވާ ބޮޑެތި ފާފަތައް ކުރުމަށް ފާޅުގައި ގޮވާލަމުންނެވެ.

1 ކޮމެންޓް
ސަރުކާނު
މާޗް 3, 2020
ހިނގާ ތަޅާލަން