English Edition
Dhivehi Edition
ފޭދޫގައި މިއަދު އެކްސިޑެންޓް ހިނގި ސަރަޙައްދުގައި ފުލުހުން ޙަރަކާތްތެރިވަނީ - ފޮޓޯ: އޭއޯނިއުސް

އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރަށް ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ، މަގުމަތިން ދުއްވާފައިދިޔަ ބައިސްކަލެއްގައި ޖެހިގެންނެވެ. މި ހާދިސާގައި ކާރު ދުއްވަން އިން މީހާ އާއި ބައިސްކަލު ދުއްވަން އިން އަންހެން މީހާއަށްވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ކާރު ދުއްވަން ހުރީ 58 އަހަރުގެ ފިރިހެނަކު ކަމަށާއި، ބައިސްކަލު ދުއްވަން އިނީ އުމުރުން 48 އަހަރުގެ އަންހެނަކު ކަމަށެވެ. އޭގެ ތެރެއިން ފިރިހެން މީހާއަށް ފޭދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން އަންނައިރު، އަންހެން މީހާ މިހާރު ވަނީ އިތުރު ފަރުވާ އަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ފޮނުވައިފަ އެވެ.

– ތަފްސީލް އަންނަނީ –