English Edition
Dhivehi Edition

ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮަށްދީ ސީއެމްބިއުލެންސްގައި ގއ.ވިލިނގިއްޔަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 23:00 ހާއިރު ކަމަށެވެ.

ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސީއެމްބިއުލެންސްގައި ރޭ ދަންވަރު 1:00 ހާއިރު ގއ.ވިލިނގިއްޔަށް ގެންގޮސްދީފައިވަނީ ގއ.ކެދެރާ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު “އައްސާރިޔާ” ނަމަކަށްކިޔާ ދޯނިން އެންދަމަން ފީނި އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.

ޑައިވް ކުރުމުގެ ޑީކޯވާ ފަރާތްތަކަށް އިތުރުވަމުން އަންނައިރު ރާއްޖޭގައި ޑީކޯވާ ފަރާތްތަކަށް ފަރުވާދޭ ނިޒާމުތައް އެހާ މަދުވެފައި އެ ފަރުވާ ކުރުމަށް ދާ ހަރަދު އެހާ އަގުބޮޑެވެ.