English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އައްޑޫސިޓީ ހިތަދޫ ކެމްޕަހުގެ ސްޓޫޑެންޓް ޔޫނިއަން ދޮންދީނި ގޮފީގެ މިދައުރުގެ ރައީސަކަށް ތާއިފް މަޖީދު ހޮވައިފިއެވެ.

ތާއިފް އަކީ އެމްއެންޔޫގެ ހިތަދޫ ކެމްޕަހުގައި ބެޗެލަރ އޮފް އެކައުންޓިން އެންޑް ފައިނެންސް ގެ 5 ވަނަ ސެމެސްޓަރ ގެ ދަރިވަރެކެވެ.

ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ކެމްޕަސް ގޮތްޕެއްގެ އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ ދަރިވަރުން ވޯޓުލީ އިންތިޚާބުކަމަށް ވެސް ދޮންދީނި ގޮފިން ބުނެއެވެ. މި އިންތިޚާބުގައި ޖުމްލަ 177 ދަރިވަރުން ވޯޓުލިއިރު، މިއީ އެ ކެމްޕަހުގައި ކިޔަވާ ދަރިވަރުންގެ %57.2 ނިސްބަތެވެ.

ޖުމްލަ 4 މަޤާމަކަށް 8 ދަރިވަރަކު ވާދަކުރި މި އިންތިޚާބުގައި ދޮންދީނި ގޮފީގެ 3 ވަނަ ދައުރުގެ ހިންގާ ކޮމިޓީ ގެ ރައީސަކަށް ތާއިފް ހޮވިފައިވާ އިރު މި ދައުރުގެ ނާއިބު ރައީސް (ޢިލްމީ)ގެ މަޤާމަށް ޙައްވާ ނިޝްއަތު ޝަރީފް، ނާއިބު ރައީސް (އަމަލީ)ގެ މަޤާމަށް މަރިޔަމް ޝުރުފާ އަދި މީޑިއާ ކޯޑިނޭޓަރގެ މަޤާމަށް މުޙައްމަދު ސީމަން ޙުސައިން ވަނީ އިންތިޚާބުވެފައެވެ.

އަލަށް ރައީސްގެ މަގާމަށް ހޮވުނު ތާއިފް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ވިދާޅުވީ މިދައުރުގައި ތަފާތު ގިނަ ޕްރޮގްރާމުތަކެއް ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިއުމަށް ޕްލޭން ކުރެވެމުން ދާ ކަމަށެވެ.

2018 ވަނަ އަހަރު ދޮންދީނި ގޮފި އަލަށް އުފެދިގެން އައި އިރުވެސް ތާއިފް ވަނީ އެ ގޮފީގެ ނައިބްރައީސްގެ މަގާމު އަދާކޮށްފައެވެ.