English Edition
Dhivehi Edition

ދުނިޔޭގެ އާބާދީ އެންމެ ބޮޑު އެއް ޤައުމު އިންޑޮނޭޝިޔާއިން ނުރައްކާތެރި ކޮވިޑް-19 ފެނިއްޖެ އެވެ.

އިންޑޮނޭޝިޔާއިން ކޮވިޑް-19 ފެނިފައިވާކަން ރަސްމީކޮށް ހާމަކުރެއްވީ އެ ޤައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ. ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ އެ ޤައުމުން ދެމީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރައީސް ގެ ގަނޑުވަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވިޑޯޑޯ ވިދާޅުވީ ވައިރަހަށް ޕޮޒިޓިވްވި ދެމީހުންނަށްވެސް ފަރުވާދެމުންގެންދާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ފަރުވާދެމުން ގެންދަނީ ކޮންތަނެއްގައި ކަމެއް ރައީސް ވިދާޅުވެފައި ނުވެއެވެ.

ނުރައްކާތެރި ކޮވިޑް-19 އިންޑޮނޭޝިޔާއިން ފެނުނު އިރު އެ ޤައުމަކީ ދުނިޔޭގެ އާބީދީގެ 4 ވަނައަށް އެންމެ ބޮޑު އާބާދީ އޮތް ޤައުމެވެ. ޗައިނާގެ ވުހާން ސިޓީއިން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު މި ވައިރަސް މިހާރު މިވަނީ އިންސާނުންނަށް ބޮޑު ބިރަކަށް ވެފައެވެ. މިއަދާއި ހަމައަށް ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމުން މި ވައިރަސް ވަނީ ފެނިފަ އެވެ.

ވައިރަސް ފެތުރޭ ޤައުމުތަކުގެ ތެރެއިން އާބާދީ ބޮޑު ޤައުމުތަކަށް ވައިރަސް ކޮންޓްރޯލް ކުރުމަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. އަދި ހަލުވިކަމާއި އެކީ ވައިރަސް ފެތުރުމުގެ ފުރުސަތުވެސް އެފަދަ ޤައުމުތަކުގައި ބޮޑެވެ.