English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މިހާރުވެސް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިރޭ އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ 12 ރަށަކުން 15 ގޮނޑިއަށް ބޭފުޅުން ކުރިމަތިލީ ގާނޫނުގައި އިންތިހާބު ކުރަން ބުނެފައިވާ އަދަދަށް ކަމަށެވެ. އެހެންކަމުން އެންމެ ފަރާތަކުން ކުރިމަތިލާފައި ވާތީ، އިންތިހާބު ބާއްވަން ނުޖެހި އެމްޑީޕީއަށް 13 ގޮނޑި އަދި އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި ކަށަވަރުވެފައިވާކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އިންތިހާބެއް ބާއްވަން ނުޖެހޭ ދާއިރާތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީގެ ގޮނޑިތައް ހިމެނޭކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ދާއިރާތަކަކީ ކޮބައިކަން އީސީ އިން ހާމަކޮށްފައި ނުވާއިރު އެ ދާއިރާތައް ހާމަ ކުރައްވާނީ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކުރުމަށް ގުރުލާ ދުވަހު ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ. . އަންނަ ހަފްތާ ބުދަ ދުވަހު ގުރުނެގުން ބޭއްވުމަށް ނިންމާފައިވާއިރު ޝަރީފު ވިދާޅުވީ ގާނޫނީ ގޮތުން އެ މުއްދަތާ ހަމައަށް، ކެންޑިޑޭޓުންނަސް ނަން އަނބުރާ ފެންދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.