English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މަރުވިމީހުންގެ އަދަދު 2858 އަށް އަރައިފި އެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ހުބޭއި ޕްރޮވިންސުން އިއްޔެ އެކަނިވެސް 41 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ނޭޝަނަލް ހެލްތު ކައުންސިލް ވަނީ ބުނެފައެވެ. ޗައިނާއިން މިހާތަށް 2788 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

ދުނިޔޭގެ 30 ހަށްވުރެ ގިނަ ޤައުމުން ވައިރަސް ފެނިފައިވާއިރު ބައެއް ޤައުމުތަކުން ދަނީ ވައިރަސްގެ ސަބަބުން އެތައް ސިޓީ އެއް ކަރަންޓީން ކުރަމުންނެވެ. އެކި ޤައުމުތަކުން ވައިރަސް ޖެހިގެން މީހުން މަރުވަމުންދާއިރު ބައެއް ސިޓީތަކަށް އެތެރަނުވެވޭ ގޮތްވެސް ދަނީ ހަދަމުންނެވެ. ޗައިނާއިން ބޭރުގައި އެންމެ ގިނައިން މީހުން މަރުވެފައި ވަނީ އީރާނުންނެވެ. އެ ޤައުމުން މިހާތަނަށް 26 މީހުން މަރުވެފައިވާއިރު ޗައިނާއިން ބޭރުގައި 70 މީހުން ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.

ބަލި ޖެހުނު މީހުންގެ އަދަދު ޗައިނާގައި އެކަނިވެސް 78،824 އަށް ވަނީ އަރާފައި އެވެ. މުޅި ދުނިޔޭގައި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ވަނީ 83،045 އަށް އަރައިފަ އެވެ.