English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންނަވައިފި އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅަކީ އިންޑިއާ ފައުންޑޭޝަނުން އިންތިޒާމުކުރާ ހަ ވަނަ “އިންޑިއާ އައިޑިއާސް ކޮންކުލޭވް” ގެ އިނޯގުރަލް ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ލިބުނު ދައުވަތަކަށް އެ ޤައުމަށް 2 ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.

މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ގުޖުރާތުގެ ނަރްމަދާގައި ބާއްވާ އެ ކޮންކުލޭވްގެ އިނޯގުރަލް ސެޝަންގައި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތް ސިންގް އާއި ގުޖުރާތުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ އަދި އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ސުރޭޝް ޕްރަބޫ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިންޑިޔާއަށް ކުރަށްވާ މި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ އާދީއްތަ ދުވަހުއެވެ.