English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ބޭންކުތަކުން ގެދޮރުވެރިކަމަށް ދޫކުރާ ލޯނުތަކުގެ އިންޓަރެންސް ރޭޓް ވަރަށް ބޮޑު ކަމަށާއި އެ ރޭޓު ކުޑަކުރަންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ފެށި މޯލްޑިވްސް ލިވިން އެކްސްޕޯ 2020 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން، ޕްލޭނިން މިނިސްޓަރު ވިދާޅުވީ، މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ އެތައް އާއިލާއެއް މާލޭގައި ދިރިއުޅޭ ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގައި ބައެއް ދަތިތަކާ ކުރިމަތިވާ ކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. މިނިސްޓަރ ވިދާޅުވީ ގެދޮރުވެރިކަމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް ބޮޑުވުން ފާހަގަ ކުރެވޭ ކަމަށެވެ.

މި އެކްސްޕޯ ގައި މިނިސްޓަރ ވިދާޅުވީ ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ޤައުމުތަކުގައި ގެދޮރޮވެރިކަމަށް ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓް 5 ނުވަތަ 6 އިންސައްތައަށް ވުރެ ބޮޑެއް ނުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އިންޓަރެސްޓް ރޭޓް 11.75 އިންސައްތައިގައި އުޅޭ ކަމަށާއި މި ރޭޓް ކުޑަކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.