English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2،801 ކަށް އަރައިފި އެވެ.

ޗައިނާގެ ވުހާން އިން މިދިޔަ އަހަރުގެ ފަހުކޮޅު ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސް މިހާރު ދުނިޔޭގެ 30 ހަށްވުރެ ގިނަ ޤައުމުން ވަނީ ފެނިފައެވެ. ފުރަތަމަ ހީކުރެވިފައި އޮތީ މި ވައިރަސް ޖެހެނީ ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް ކަމަށެވެ. ނަމަވެސް އިންސާނުންގެ ގައިން ގަޔަށް މި ވައިރަސް ޖެހޭކަން ފަހުން ވަނީ އެނގިފައެވެ.

ކޮވިޑް-19 ފެނިފައިވާ ޤައުމުތަކާއި އެ ޤައުމުތަކުން ވައިރަސް ފެނިފައިވާ މީހުންގެ އަދަދު؛
އަފްޢާނިސްތާން 1، އަލްޖީރިޔާ 1، އޮސްޓްރޭލިޔާ 23، އޮސްޓްރިޔާ 2، ބަހްރެއިން 26، ބެލްޖިޔުމް 1، ބްރެޒިލް 1، ކެމްބޯޑިޔާ 1، ކެނެޑާ 11، ޗައިނާ 78,064، ކްރޯޝިޔާ 1، ޑެންމާކް 1، އިޖިޕްޓް 1، އެސްޓޯނިޔާ 1، ފިންލޭންޑް 2، ފްރާންސް 18، ޖާރުމަން 19، ޖޯޖިޔާ 1، ގްރީސް 1، އިންޑިޔާ 3، އިރާން 139، އިރާގް 5، އިސްރާއީލް 2، އިޓަލީ 374، ޖަޕާން 179، ކުވައިތު 25، ލެބަނާން 2، މެލޭޝިޔާ 22، ނޭޕާލް 1، ނޯތް މެކެޑޯނިޔާ 1، އޮމާން 2، ޕާކިސްތާން 2، ފިލިޕީންސް 3، ރަޝިޔާ 2، ސިންގަޕޫރް 91، ސައުތު ކޮރެއާ 1،261، ސްޕެއިން 11، ސްރީލަންކާ 1، ސްވެޑެން 1، ސްވިޒަލޭންޑް 1، ޓައިވާން 31، ތައިލެންޑް 40، ޔޫއޭއީ 13، ޔުނައިޓެޑް ކިންގްޑަމް 13، އެމެރިކާ 56 ، ވިއެޓްނާމް 16.

ވައިރަސް ޖެހިގެން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓު ކޮށްފައެވެ.