English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ބޯޓެއްގައި ކަފުޖަހާފައި އޮތް ހަލްއެއް ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި “މިންނަތު” ބޯޓުގައި ކަފުޖަހާފައި އޮތް “ހަމްރާޒް” ނަމަކަށް ކިޔާ ލޯންޗް ހަލްގަނޑެއް ވ.އަތޮޅު ތެރެއިން ކަނޑައިގެންގޮސް ގެއްލުމާއި ގުޅިގެން އެ ހަލްގަނޑު ހޯދުމުގެ މަސައްކަތް ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ފަށާފައިވާ ކަމަށެވެ.

އަދި އެ ހަލްގަނޑު ކަނޑައިގެން ދިޔަކަމަށް ލަފާކުރެވެނީ ވ.އަތޮޅުގެ ތެރެއިންކަމަށް ބޯޓުގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ. އެ ހަލްގަނޑަކީ 20 ފޫޓް ދިގު، އިންޖީނު ނަގާފައިވާ ހުދު ކުލައިގެ ހަލްގަނޑެއް ކަމަށާއި، އެ ހަލްގަނޑު ކަނޑައިގެން ދިޔައިރު އޭގައި އެއްވެސް މީހަކު ނެތް ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ވަނީ އެ ހަލްގަނޑާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުމަށް އެދިފަ އެވެ.