English Edition
Dhivehi Edition

ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ލެވެލްއާއި ހަމައަށް އެކި ދާއިރާތަކުން ކިޔެވުމުގެ ތަފާތު ފުރުޞަތުތަކާއެކު، މެޕްސް ކޮލެޖްގެ މާރޗް 2020 އިންޓޭކްގެ ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މާރޗް މަހުގެ 5ވަނަ ދުވަހެވެ. މާރޗް މަހުގެ އިންޓޭކަށް ފުރުޞަތު ހުޅުވާލާފައިވާ ދާއިރާ ތަކުގެ ތެރޭގައި  ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އެކައުންޓިންގ، އިންފޯރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލޮޖިސްޓިކްސް ޕްރޮކިއުމަންޓް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

އޯލެވެލް ނިންމާފައިވާ ދަރިވަރުންނަށް މެޕްސްގެ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުލިބިގެންދާއިރު، މިކޯސް ނިންމުމަށްފަހު، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދެއެވެ. އޭލެވެލްގެ ތިން މާއްދާއާއެކު ސީދާ ޑިގްރީކޯސްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބިދެއެވެ. މިޑިގްރީ ކޯސް ތަކަކީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވާދިނުމަށް ހުޅުވާލާފައިވާ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ.  އޯލެވެލް އަދި އޭލެވެލްއިން ކޯހަށް ވަނުމަށް ބޭނުންވާ ނަތީޖާ ނެތް ފަރާތްތަކަށް، ‘އޯލްޓަނޭޓް އެންޓްރީ’ ނުވަތަ އެބޭފުޅެއްގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާފައިވެސް ކޯސްތަކުން ޖާގަދެވޭނެއެވެ. މިހުރިހާ މަޢުލޫމާތެއް މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބިލައްވާނެއެވެ.

މާރޗް މަހުގެ އިންޓޭކްގައި އެންމެ ފާހަގަކޮށްލެވޭ ކޯސްތަކުގެ ތެރޭގައި ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝައަރގެ މާސްޓަރސް ކޯސްތައް ހިމެނެއެވެ. މިގޮތުން އެމް.ބީ.އޭ، އެމް.ބީ.އޭ (ފައިނޭންސް) އަދި އެމް.ބީ.އޭ (ހޮސްޕިޓަލް އެންޑް ހެލްތު ސަރވިސަސް މެނޭޖްމަންޓް) އަށް އެޕްލައި ކުރުމުގެ ފުރުސަތު އެބައޮތެވެ.

އަތޮޅުތަކުގައި ދިރިއުޅުއްވާ ނުވަތަ ރިޒޯޓު ތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް މެޕްސް ކޮލެޖުގެ ލޯކަލް ކޯސްތަކުގައި ބައިވެރިވެގެން އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތުވެސް ވަނީއެކޮލެޖުން ފަހިކޮށްދީފައެވެ. މިގޮތުން އޮންލައިންކޮށް ކިޔަވަން ބޭނުންވާ ފަރާތްތަކަށް މިމާރޗް އިންޓޭކް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މެޕްސް ކޮލެޖްގެ މާރޗް 2020 އިންޓޭކް ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 05 މާރޗް  2020 ގެނިޔަލަށް ވަނީ ހުޅުވާލެވިފައިވާއިރު މެޕްސް ކޮލެޖަށް ވަޑައިގެން ނުވަތަ ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައިވެއެވެ.

 

މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 21 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ.