English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ބަހްރެއިންގެ ހުރިހާ ސްކޫލެއް ބަންދުކޮށްފި އެވެ.

ބަހްރެއިންގެ ސަރުކާރުން ނިންމާފައި ވަނީ އެ ޤައުމުގެ ސަރުކާރުގެ ހުރިހާ ސްކޫލް ތަކާއި ޔުނިވާރސިޓީ ތަކާއި ޕްރައިވެޓް ސްކޫލްތައްވެސް މިއަދުން ފެށިގެން ބަންދުކުރުމަށެވެ. ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ އެ ޤައުމުގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ.

ވައިރަސް ޖެހިގެން ބަހްރެއިން އިން 23 މީހުން ކަރަންޓީން ކޮށްފައިވާއިރު އިއްޔެ އެކަނިވެސް 6 މީހަކު ވައިރަސް ޖެހިގެން ބަހްރެއިން އިން ވަނީ ފެނިފައެވެ. އެ ޤައުމުގެ ހެލްތު މިނިސްޓްރީން ބުނީ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އިބްރާހިމް ޚަލީލް ކަނޯ ހެލްތު ސެންޓަރުގައި ކަމަށެވެ.

ޗައިނާއިން ފުރަތަމަ ފެނުނު މި ވައިރަސް ދުނިޔޭގެ އެތައް ޤައުމަކުން މިހާރު ފެނިފައިވާއިރު 80،000 ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. ބަލި ޖެހިގެން މަރުވިމީހުންގެ އަދަދު ވަނީ 2،715 އަށް އަރައިފަ އެވެ. ޗައިނާއިން ވައިރަސް އާއި ގުޅިގެން ނުރައްކަލުގެ ހާލަތު ދައްކޮށްފައިވާއިރު އެހެން ޤައުމުތަކުގައި ވަނީ ވައިރަސްގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަރުގަދަ ކޮށްފައެވެ.