English Edition
Dhivehi Edition
ރޭޕް އާއި ދެކޮޅަށް މާލޭ އާޓީފިޝަލް ބީޗު ސަރަޙައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޕޮލިސް)

މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް، އެކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރާކަމުގެ މައްސަލައެއް ފެބްރުވަރީ 24 ވަނަ ދުވަހުގެ 21:20 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 09:50 ހާއިރު އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.