English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: މިހާރު

ކ.ރިހިވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވީ ކ. ރިހިވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންގ އަށް ގޮސްއުޅުނު އުމުރުން 48 އަހަރުގެ ޔޫކްރެއިންގެ ފިރިހެން ފަތުރުވެރިއަކު ގެނބިގެން ކ.ގުރައިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމުގެ މަޢުލޫމާތު މިއަދު 11:39 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެމީހާ މަރުވެފައިވަނީ ސްނޯކްލިންގ އަށް ގޮސް އުޅެނިކޮށް ފިޓް ޖެހިގެން ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މީހާ ގުރައިދޫ ސިއްހީމަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށެވެ.

ޓެގު