English Edition
Dhivehi Edition

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 877 ގޮނޑިޔަށް އެމްޑީޕީން ވާދަކުރުމަށް ނިންމައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މިގޮތަށް ނިންމިކަން ހާމަކޮށްފައިވާއިރު ލޯކަލް ކައުންސިން އިންޚާބުގައި 900 އަށްވުރެ ގިނަ ކައުންސިލަރުން ވާދަކުރާނެ އެވެ.

އެމްޑީޕީން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަށް އެ ޕާޓީން 880 އަށް ވުރެ ގިނަ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އިލެކްޝަނަށް ފޯމުހުށައަޅާފައި ވަނީ 877 ކެންޑިޑޭޓުން ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ބުނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 337 އަންހެން ކެންޑިޑޭޓުން އެ ޕާޓީން ވާދަކުރާނެ ކަމަށެވެ.

ކުރިޔަތް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 983 ކައުންސިލަރުން އިންތިޚާބު ކުރާއިރު އޭގެ ތެރެއިން 384 ޖާގަ ދިނީ އަންހެން ކެންޑިޑޭޓުންނަށެވެ. އެއީ ހުރިހާ ކެންޑިޑޭޓުންގެ ނިސްބަތުން ބަލާނަމަ 33 އިންސައްތަ އެވެ.