English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އިއްޔެ އެކަނިވެސް 150 މީހުން މަރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ޗައިނާގެ ހުބޭއި ޕްރޮވިންސުން ފެނުނު ކޮވިޑް-19 ދުނިޔޭގެ 26 ޤައުމަކުން ފެނިފައިވާއިރު ޗައިނާއިން ބޭރުން ވަނީ މިހާތަނަށް 27 މީހުން މަރުވެފައި އެވެ. މި ވައިރަސް ޖެހިގެން މިހާތަނަށް ދުނިޔެއިން 2،619 މީހުން ވަނީ މަރުވެފައި އެވެ.

އިއްޔެ އެކަނިވެސް 409 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ޗައިނާ ފިޔަވައި ދެން އެންމެ ބޮޑަށް މި ބަލި ފެތުރެމުން އަންނަނީ ދެކުނު ކޮރެއާގައި އެވެ. އެގޮތުން އެ ޤައުމުން މިހާތަނަށް ވައިރަސް ޖެހިގެން 763 މީހުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން ވައިރަސް ޖެހިގެން މީހުން މަރުވެފައި ވަނީ އީރާނުންނެވެ. އެޤައުމުން 8 މީހުން މަރުވެފައިވާއިރު ދެކުނު ކޮރެއާއިން ވަނީ 7 މީހަކު މަރުވެފައެވެ. ޖަޕާނުން 4 މީހަކު ވައިރަސް ޖެހިގެން މަރުވިއިރު އިޓަލީއިން 3 މީހުން، ހޮންގްކޮންގް އިން 2 މީހުން މަރުވެފައި ވެއެވެ. އަދި ފްރާންސް،ފިލިޕީންސް، ޓައިވާން ކޮންމެ ޤައުމަކުން އެކަކު ވަނީ މަރުވެފައި އެވެ.