English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ރައީސް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނީ އެމަނިކުފާނުގެ ހިތުގެ ޓެސްޓުތައް ހެދުމަށްޓަކައި އެވެ. އެމަނިކުފާނު އެޑްމިޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ސަރުކާރާއި އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ހައްޔަރުކޮށް ޖަލުގައި ހުންނަވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮަލަރުން ޖޫޫރިމާނާ ކުރުމާއި ގުޅިގެންނެވެ.

ޔާމީންގެ ވަކީލުން ވަނީ ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައި ކޯޓަށް ހުށަހަޅާފައި އެވެ. ނަމަވެސް އެ ކޯޓުން ވަނީ ރައީސް ޔާމީން މިނިވަން ކުރެވެން ނެތް ކަމަށް ނިންމާފައެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުން ބުނަމުން ގެންދަނީ ޔާމީންގެ މައްޗަށް ދައުލަތުން ކުރީ ސިޔާސީ ދައުވާއެއް ކަމަށެވެ.

ރައީސް ޔާމީން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ.