English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ކުޑަކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތު ކުރެވުނު ސިފައިންގެ މީހާއަށް ދައުވާ ކޮށްފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފައިވަނީ ހދ. ނޮޅިވަރަމްފަރު، ޝެހެނާޒު، މުހައްމަދު އަލީގެ މައްޗަށެވެ. ޕީޖީ އޮފީހުން މައުލޫމާތު ދިންގޮތުގައި ސިފައިންގެ މީހާއަށް ދައުވާ ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ޕީޖީ އޮފީހުން ބުނީ މުހައްމަދު އަލީ ނަމަކަށް ކިޔާ މި މީހާގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި ގަސްތުގައި އަތް ލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

މުހައްމަދު އަލީ ނަމަކަށް ކިޔާ މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 23 ހުގައެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވަނީ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ބްލެކްމެއިލް އަދި ރޭޕްގެ ތުހުމަތުގައި އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މި މައްސަލައާއި ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.