English Edition
Dhivehi Edition
ވީއައިއޭގައި ކޮރޯނާވައިރަސް އަށް ފަސިންޖަރުން ސްކްރީންކުރުމަށް ބެހެއްޓިފައިވާ ތާމަލް ކެމެރާ - ފޮޓޯ: ޓްވިޓާ (އެޗްޕީއޭ)

ކުރޫޒްލައިނާތަކުން ރާއްޖެ އައި 4،478 ފަތުރުވެރިން ސްކޭން ކުރެވުނު ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު ކަރަންޓީން ކޮށްފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއައި ކްރޫޒްލައިނާ ތަކުގައި ހުން އައިސްފައިވާ 22 މީހުން ތިބި ކަމަށެވެ. އެ އޭޖެންސީ އިން ވަނީ އިއްޔެ މާލެއަށް ބަނދަރުކުރި 2 ކްރޫޒްލައިނާއެއްގައި ތިބި މީހުން ސްކްރީން ކޮށްފައެވެ.

އިއްޔެ މާލެއަށް ބަނދަރުކުރި މިސް މާކޯ ޕޯލޯ ނަމަކަށް ކިޔާ ކްރޫޒްލައިނާ އިން 984 މީހަކު ސްކްރީން ކުރިއިރު އޭގެ ތެރެއިން 8 މީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައި ވެއެވެ. އަދި ނޯޓިކާ ނަމަކަށް ކިޔާ ކްރޫޒްލައިނާ އިން 1،034 މީހަކު ސްކްރީން ކުރިއިރު އޭގެ ތެރެއިން 2 މީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައި ވެއެވެ.

އެޗްޕީއޭއިން ބުނީ މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއައި މިސް ކޯސްޓާ ވިކްޓޯރިއާ ނަމަކަށް ކިޔާ ކްރޫޒްލައިނާ އިން 2،460 މީހަކު ސްކްރީން ކުރިކަމަށާއި އޭގެ ތެރެއިން 12 މީހެއްގެ ގައިން ހުމުގެ އަސަރު ފެނިފައިވާ ކަމަށެވެ. އަދި ރާއްޖެއައި ކްރޫޒްލައިނާ ތަކުން އެއްވެސް މީހަކު 14 ދުވަސް ކުރިން ޗައިނާއަށް ދަތުރުކޮށްފައި ނުވާކަމަށް އެޗްޕީއޭ އިން ބުނެއެވެ.