English Edition
Dhivehi Edition

ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު އުފަލަކީ، އަސާސީ ކަންކަން ކުރުމަށް މައިސަރުކާރުގެ ފައިބުޑަށް ވެއްޓި ސަލާންޖަހަން ނުޖެހޭފަދަ ބޮޑު މާލީ ބާރުވެރިކަމެއް ކޮންމެ ކައުންސިލަކަށް ލިބިދިއުން ކަމަށް އެމްޑީޕީގެ ޓިކެޓްގައި މީދޫ ދާއިިރާއަށް ވާދަކުރައްވާ އައިޝަތު ޝޫޒާ ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހު އޮންނަ ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން ފެށުމުގެ ގޮތުން ރޭ ސ.އަތޮޅު މަދަރަސާގައި ބޭއްވި “ރަށްވެހި ފަތިސް” ޖަލްސާގައި ޝޫޒާ ވިދާޅުވީ ރަށްވެހި ފަތިހުގެ އިރު ފެނުން ތޮޅުމާއިއެކު މިސްރާބު ފަށާފައި މިވަނީ ލާމަރުކަޒީ ނިޒާމުގެ މަންޒިލަށްކަމަށެވެ. “ﷲގެ އިރާދަފުޅުން މިއަދު މިއޮތީ ރައްޔިތުން ހަމަ އިސްކޮޅަށް ދެމިލާ މަންޒަރުގެ ކޮޅު ފެންނަން ފަށާފައި ރަށުގެ ބިމާއި، ގޮނޑުދޮށާއި، ފަޅާއި، ފަރާއި އެފަރުގެ ބޭރުން ރަށުގެ އިމަށް ބަސްބުނުމުގެ ބާރާއި އިހުތިޔާރު މިވަނީ ރައްޔިތުންނަށް ހޯދައިދީފައި.އަދި އެގޭ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ބާރާއި އިހްތިޔާރުވެސް މިވަނީ ހޯދާދީފައި.”ޝޫޒާ ވިދާޅުވިއެވެ.

ކައުންސިލް ކަމަށް އިންތިހާބުވެއްޖެނަމަ މީދޫއަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ވައުދުވަމުން ޝޫޒާ ވިދާޅުވީ އޭނާގެ އެންމެބޮޑު އަމާޒަކީ މިއަދުގެ ހާލަތުން ފާގަތި ހާލަތަކަށް ރައްޔިތުން ގެންގޮސްދިނުންކަމަށެވެ. މި ގޮތުން ހަގީގީ ބަދަލެއް އަންހެންވެރިންނަށް ގެނެސްދިނީ އެމްޑީޕީކަން ފާހަގަކުރައްވަމުން ޝޫޒާ ވިދާޅުވީ އެމްޑީޕީގެ އަންހެންވެރިންނަށް ވޯޓުދޭންވީ، ސިޔާސީ މައިދާނުގައި އަދި ރަށްރަށް ތަރައްގީކުރުމުގެ މަސައްކަތުގައި ވަކި ފިރިހެނަކަށް ދޫނުކުރަނެ ބަޔަކަށްވާތީކަމަށެވެ. އަންހެނުން ބާރުވެރި ކުރުވުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޝޫޒާ ވިދާޅުވީ އަންހެން ވެރިންގެ ބައިވެރިވުމާއި އެކު މެނުވީ ރަށްވެހިކަން ހިންގުމުގެ ސިޔާސަތުތަކަށް އެދެވޭ ބަދަލެއް ނުގެނެވޭނެކަމަށެވެ. އަދި ގެވެށިކުށްތަކަށް ހައްލު ހޯދޭނެ ގޮތަކީވެސް އަންހެނުން ބާރުވެރިކުރުވުން ކަމުގައި ޝޫޒާ ވަނީ ވިދާޅުވެފައެވެ.

ހުޅުދޫ، މީދޫއަކީ މި ސީޓީގެ ދަނޑުވެރިކަމުގެ އެންމެ ބޮޑު ހިއްސާވެރިންކަން ފާހަގަކުރަމުން ޝޫޒާ ވިދާޅުވީ ރަށުގެ ދަޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީއާއި އެކު އެ މަސައްކަތުގެ އެންމެ ފުރިހަމަ ނަފާ ލިބިގެންދާ ފަދަ ދެމެހެއްޓެނިވި އުސް ހަރުފަތަކަށް ގެންގޮސްދޭނެކަމަށެވެ. “އާއިލީ ގުޅުމާއި، އަވައްޓެރިކަމުގެ ގުޅުންދިރުވައި އަހުވަންތަ ރައްޔިތެއްގެ ހިއްގައިމުކަން ކަށަވަރުކޮށްދޭނަން. ހެލިފެލިވާ މައިޒާންތަކަކީ ހީސަމާސަ ކުރުމުގެ ތެރެއިން ހުރިހާ އުމުރެއްގެ މީހުންނަށް އަޅާލުންލިބޭ މައިޒާންތަކެއްކަމުގައި ހަދައިދޭނަން. ރަށުގެ އަމިއްލަ މައުނަވީ ތަރިކަ ރައްކާކޮށް އޭގެ ނަފާވެރިކަން އެންމެފުރިހަމަ ގޮތުގައި ރައްޔިތުންނަށާއި އަންނަންއޮތް ޖީލަށް ހޯދާދޭނަން” ޝޫޒާ ވިދާޅުވިއެވެ.

މީގެ އިތުރުން  އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިން ހިމާޔަތްކޮށް ހައްގު ކަށަވަރުކޮށްދިނުމަކީ ވާނެ އެންމެ ބޮޑު ގުރުބާނީކަމުގައި ޝޫޒާ ވަނީ ވިދާޅުވެފައެވެ.އަދި ކުށުގެވެށިން ސަލާމަތްކުރެވިފައިވާ ބިނާކުރުވަނި ޒުވާނުންތަކެއް އުފެދުމަށް ގިރާކުރަންޖެހޭ ހުރިހާ ހަރުފަތެއް ގިރާކުރަން ތައްޔާރަަށް ހުރި ކަމަށް ޝޫޒާ ވިދާޅުވިއެވެ.

“ޔަގީންކުރައްވާ ކަޅުއަނދިރިރޭރޭ ކިތަންމެ ދިގުލައިގެން ގޮސްފައިވީކަމުގައި ވިޔަސް އާދުވަހަކަށް އަލިވިލޭނެކަން.” ޝޫޒާ ވިދާޅުވިއެވެ. މީގެ އިތުރުން ޝޫޒާ ވަނީ ރަށްވެހި ފަތިހުގެ ނަފާ އެންމެހާ ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި ފެށި މަސައްކަތުގައި، އަންނަން އޮތްޖީލު ތަކުގެ ހައްގުގައި ތިލަފަތަށް ފާހަގަ ޖައްސަވައި ދިނުމަށް އެދިވަޑައިގެންފައެވެ،